ތިމާވެށި ރައްކާތެރިކުރުމަށް ސުކޫލުތަކުގެ ދަރިވަރުން އިސްނަގައިގެން، އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ބޭނުންކުރުން ރާއްޖޭގައި މަނާކުރާ ގަރާރު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މިއަދު ބޭއްވުނު ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ 14 ވަނަ ޖަލްސާގައި، އެ ގަރާރަށް ބަހުސް ކުރުމަށްފަހު ފާސްކޮށްފައިވަނީ ވޯޓްގައި ބައިވެރިވަޑައިގެންނެވި 64 މެމްބަރުންގެ އިއްތިފާގުންނެވެ.
ސުކޫލުތަކުގެ ދަރިވަރުން އިސްނަގައިގެން ހުށަހެޅި އެގަރާރުގައި ވަނީ، ސަރުކާރާއި ދައުލަތުގެ ހުރިހާ މުއައްސަސާތަކަކުން ތިމާވެއްޓާ ރައްޓެހި ތަކެތި ބޭނުންކުރުމަށް ގޮވާލާ ކަމަށެވެ. އަދި އެއްފަހަރު ބޭނުންކޮށްފަ، އެއްލާލެވޭ ހުރިހާ ބާވާތެއްގެ ޕްލާސްޓިކް ފަދަތަކެތި 2025ގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރުން މަނާ ކުރުމަށެވެ.
ތިމާވެށި ރައްކާތެރި ކުރުމާ ގުޅޭ ހާއްސަ އިލްތިމާސް، ސްކޫލްތަކުގެ ފަރާތުން ހުށަހަޅާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީގެ ހާއްސަ ދައުވަތަކަށް ސްކޫލްތަކުގެ ދަރިވަރުން އެކޮމެޓީގެ ބައްދަލުވުމަށް ހާޒިރުވެއެވެ.
އެ ގަރާރު މަޖިލީހަށް ބަހުސް ކޮށް ވޯޓަށް ފޮނުވީ، މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީން ދިރާސާކުރުމަށް ފަހުގައެވެ.