ދިވެހިރާއްޖެއާއި ސިންގަޕޫރާއި ދެމެދު ދެގައުމުގެ މެދުގައި އޮތް އެކުވެރިން އިތުރަށް ބަދަހިކުރުމަށް ދެ އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.
އެ ދެ އެއްބަސްވުމުގައި ސޮއި ކުރީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ދެކަނބަލުން މިހާރު ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މިއަދު ސިންގަޕޫރުގެ ރައީސްގެ ގެކޮޅުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ރާއްޖޭގެ ފަރާތުން އެ ދެ އެއްބަސްވުމުގައި ސޮއި ކުރެއްވި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދެވެ.
މިއަދު ސޮއި ކުރެވުނު ދެ އެއްބަސްވުމުގެ ތެރޭގައި، ދެގައުމުގެ ވައިގެ ދަތުރުފަތުރުގެ ހިދުމަތް މިހާރަށްވުރެ ރަނގަޅު ކުރުމަށާއި، ދެ ގައުމުގެ މެދުގައިވާ ހާރިޖީ ގުޅުން އިތުރަށް ބަދަހި ކުރުން ހިމެނެއެވެ.
ރައީސް ޞާލިހް މިހާރު ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އިއްޔެ އެގައުމުގައި ދިރިއުޅުއްވާ ދިވެހިންނާއި ބައްދަލުކުރައްވާފައެވެ.