ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ މަގާމުގައި ތިއްބެވި ބޭފުޅުންގެ ނަންތައް އާއްމުކޮށްފިއެވެ.
ސަރުކާރު ހިއްސާވާ ހުރިހާ ކުންފުންޏެއްގެ ޑިރެކްޓަރުންގެ މަގާމުގައި ތިއްބެވި ބޭފުޅުންގެ ނަންތައް އާއްމުކުރީ ފިނޭންސް މިނިސްޓްރީންނެވެ.
ސަރުކާރު ހިއްސާވާ ކުންުނިތަކުގެ ޑިރެކްޓަރުންގެ ނަންތައް ފިނޭންސް މިނިސްޓްރީގެ ފަރާތުން އާއްމުކުރި ފުރަތަމަ ފަހަރަކީވެސް މިއީއެވެ. މީގެ ކުރިން ކުންފުނިތަކަށް އައްޔަން ކުރާ ޑިރެކްޓަރުންގެ ނަންތައް އާއްމުކުރަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރިޓައިޒޭޝަން ބޯޑު (ޕީސީބީ) އިންނެވެ.
ފިނޭންސް މިނިސްޓްރީން މިއަދު އާއްމުކުރި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓްރުންގެ ލިސްޓްގައި 30 ކުންފުންޏެއްގެ ޑިރެކްޓަރުންގެ ނަން ހިމެނެއެވެ.