ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުތަކުގެ ރަސްމީ ސްޕޮންސަރުގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް އާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއެކު ވެފައިވާ އެއްބަސްވުންް 2 އަހަރުގެ މުއްދަތަކަށް އިތުރު ކޮށްފިއެވެ.
މިއަދު ހެނދުނު ބެންކް އޮފް މޯލްޑިވްސްގެ ހެޑް އޮފީހުގައި ބީއެމްއެލް އަދި އެފްއޭއެމް އާއެކު ވަނީ މި އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
މިއަދު ވެވުނު އެއްބަސްވުމުގައި ބީއެމްއެލްގެ ފަރާތުން ސޮއި ކުރެެއްވީ ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑިރެކްޓަރ އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފްއެވެ. އެފްއޭއެމްގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް ޢަދީލް ޖަލީލްއެވެ.
މި އެއްބަސްވުމުގެ ދަށުން ކުރިޔަށް އޮތް ދެއަހަރު ފިރިހެން ސީނިއަރ ގައުމީ ޓީމާ، އަންހެން ސީނިއަރ ޓީމާ އަދި ޒުވާން ޓީމުތަކުގެ ރަސްމީ ސްޕޮންސަރުގެ ގޮތުގައި ބީއެމްއެލް ހަމަޖެހިގެންދާނެއެވެ.
މިރަސްމިއްޔާތުގެ ޝަރަފުވެރި ކުރެއްވީ ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފްއެވެ.
ބީއެމްއެލްގެ ސީއީއޯ ޝަރީފު ވިދާޅުވީ ބޭންކާއި އެފްއޭއެމާއި ދެމެދު އޮތް ހާއްސަ ގުޅުން ދެމިގެންދިއުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.