1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ދިވެހި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ ފަހަތުގައިވާ އިސް އެކަކު ކަމުގައިވާ ހާޖަރާގޭ ލުތުފީއަށް މާއަފް ދިނުމަށް ފަހު މިނިވަން ކުރުމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ގޮވާލައްވައިފިއެވެ.

ލުތުފީ ރާއްޖެ ގެނެވުން ލަސްވާތީ މަޑުއްވާރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު މަޖިލީހަށް މިއަދު ހުށަހެޅުއްވު ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ، ރާއްޖެ އަރާ ކުރި ކަންކަމަކީ ބޮޑު ކުށެއް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އޭނާ އެކަމުގެ ހުކުމް ތަންފީޒު ކުރަމުންދާތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އަދި، ދިވެހި ސަރުކާރުން ބޮޑު ހަރަދެއް ކޮށްގެން ލުތުފީ އަނބުރާ ރާއްޖެ ގެންނަން އެބޭފުޅާއަށް ފެނިވަޑައި ނުގަންނަވާ ކަމަށެވެ.

އެބޭފުޅާ އިތުރަށް ވިދާޅުވީ، ލުތުފީއަކު މިހާރު 70 އަހަރުވާން ގާތްވެފައިހުރި ބަލި މީހެއް ކަމަށާއި އަދި އިންސާނިއްޔަތަށްޓަކައި ކެންސަރު ބަލި ޖެހިފައި ހުރި މީހަކު ކަމުގައިވުމުން ދޫކޮށްލަން ޖެހޭ ކަމަށެވެ.

މެމްބަރު ޝަރީފު އިތުރަށް ވިދާޅުވީ، ނޮވެމްބަރު 3ގައި 19 ދިވެއްސަކު ޝަހީދު ކޮށްލި ނަމަވެސް، އެތަނުން އެއްވެސް ދިވެއްސެއްގެ ގަޔަށް ލުތުފީ ބަޑި ޖެހިކަން އެނގެން ނެތް ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *