ސަރުކާރުގެ ވުޒާރާތައް ކޮރަޕްޝަނުގެ ވަކިތަނުން ސަލާމަތްކޮށް ނަޒާހަތްތެރި ތަންތަނަށް ހެދުމަށްޓަކައި މި ސަރުކާރުން ގެންގުޅުއްވާ "ޒީރޯ ޓޮލެރެންސް ޓު ކޮރަޕްޝަން" ގެ ދަށުން ފެނަކަ ކޯޕަރޭޝަންގެ ހުރިހާ މުވައްޒަފުން މިއަދު އިގުރާރެއްގައި ސޮއިކޮށްފިއެވެ.

މިއަދު ހެނދުނު ފެނަކަ ކޯޕަރޭޝަން ބޭރުގައި ބޭއްވި ހާއްސަ ރަސްމިޔާތެއް ފެނަކައިގެ ހުރިހާ ޑިޕާޓުމެންޓް ތަކުގެ ހުރިހާ މުވައްޒަފުން ވަކިވަކިން ވަނީ މި އިގުރާރުގައި ސޮއިކޮށްފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު ވިދާޅުވީ، އިގުރާރާއި އެކު އަމަލީ ގޮތުންވެސް އެކަން ސާބިތުކޮށްދިނުމަށް މުވައްޒަފުންގެ އަރިހުން އެދޭ ކަމަށެވެ.

އަދި ކޮރަޕްޝަންއިން އެއްކިބާވުމަށްޓަކައި ކުރެވޭނެ އެންމެ މުހިންމު ކަމަކީ ހެއްދެވި ފަރާތަށް ބަރޯސާވުން ކަމަށެވެ.

"ޒީރޯ ޓޮލެރެންސް ޓު ކޮރަޕްޝަން" ނަމުގައި ސަރުކާރުން ވަރުގަދަ ކެމްޕޭނެއް ލޯންޗް ކުރީ މިދިޔަ ފެބްރުއަރީ މަހުގައެެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.