1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ދިވެހިރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ ފަހަތުގައިވާ އިސް އެކަކު ކަމުގައިވާ ހާޖަރާގޭ ލުތުފީ ރާއްޖެ ގެނައުން ލަސްވާތީ، އެމައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި މަޖިލީހަށް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެ މައްސަލަ ކުއްލި މައްސަލައެެއްގެ ގޮތުގައި، ހުށަހެޅުއްވީ، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ހުށަހެޅުއްވި ކުއްލި މައްސަލައިގަ ބުނެފައިވަނީ، ލުތުފީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ހުރިކަން އެނގުން ފަހުން 48 ގަޑިއިރު ތެރޭގައި ލުތުފީ ރާއްޖެ ގެންނާނެ ކަމުގެ މައުލޫމާތު ދިނުމަށް ފަހު އަދިވެސް އޭނާ ރާއްޖެ ގެނެވިފައި ނުވާ ކަމަށާއި، އަދި ފޮރިން މިނިސްޓްރީގެ ބަޔާންތަކުން އޭނާ ގެނައުމުގެ ހުރަސްތަކެއް ހުރި ކަމަށް ބުނެ އުޒުރު ދައްކާ ކަމަށެވެ.

ޕީއެންސީގެ މެމްބަރު އާދަމް ޝަރީފު އުމަރު ހުށަހެޅުއްވި ކުއްލި މައްސަލައިގަ ބަޔާންކޮށްފައިވަނީ ސަރުކާރުން ލުތުފީ ރާއްޖެ ގެނައުމުގައި ޒިންމާދާރުކަން ކުޑަކޮށް އަމަލު ކުރަމުން ދާ ކަމަށެވެ.

މިހާރު ކުރިއަށް ދަނީ، އެ ކުއްލި މައްސަލައަށް މެމްބަރުންގެ މެދުގައި ބަހުސް ކުރުމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *