ދިވެހިރާއްޖޭގެ ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އަދި އެމަނިކުފާނުގެ އަނބިކަނބަލުން މިހާރު ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެގައުމުން ރައީސްގެ ދެކަނބަލުންނަށް ރަސްމީކޮށް މަރުހަބާ ދަންނަވައިފިއެވެ.

ރައީސް ޞާލިހްގެ ދެކަނބަލުންނަށް ރަސްމީކޮށް މަރުހަބާ ދެންނެވުން ކުރިއަށް ގެންދިޔައީ އެގައުމުގެ ރައީސްގެ ރަސްމީ ގެކޮޅުގައެވެ.

ރައީސްގެ ދެކަނބަލުންނަށް އެ ގެކޮޅުން މަރުހަބާ ދެންނެވީ އެގައުމުގެ ރައީސް ހަލީމާ ޔައުގޫބްއެވެ.

ރައީސް ޞާލިހް ވަނީ އިއްޔެ ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންނާއި ވެސް ބައްދަލުކުރައްވާފައެވެ.

ރައީސް ޞާލިހް މިހާރު ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގެ ރައީސްގެ އިތުރުން ބޮޑު ވަޒީރު ލީ ސިއެން ލޫންގްއާ ވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިވަޑައިގެންފައެވެ.

އެ ދަތުރުފުޅުގައި ސިންގަޕޫރުގެ ކުނި މެނޭޖްކުރުމަށް ބޭނުންކުރާ ސަރަހައްދެއް ކަމުގައިވާ ސިމާކޯ ލޭންޑްފިލްއަށް ރައީސް ޒިޔާރަތް ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިވަޑައިގެންފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *