ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭގެ ކުރީގެ ނައިބު ރައީސް ޝުޖާޢު ޙުސައިންގެ މައްޗަށް މަކަރާއި ހީލަތްހެދުމުގެ ދަޢުވާ ދައުލަތުން ކޮށްފިއެވެ. ދައުލަތުން ޝުޖާޢުގެ މައްޗަށް ކުރާ ދަޢުވާގެ ފުރަތަމަ އަޑުއެހުން މަދާމާ ބާއްވާގޮތަށް ހަމަޖައްސައި، އެނާ ކްރިމިނަލް ކޯޓަށް ޙާޒިރުވުމަށް ކްރިމިނަލް ކޯޓުންވަނީ އަންގާފައެވެ.

ޖަޒީރާ ނިއުސްއަށް ވަރަށް އިތުބާރު ހުރިގޮތަކަށް މަޢޫލޫމާތު ލިބިފައިވާގޮތުގައި، ޝުޖާޢުގެ މައްޗަށް ދަޢުވާކުރަނީ ޤާނޫނު ނަންބަރު 10/68 ( ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާއާއި 132 ވަނަ މާއްދާގެ ދަށުންނެވެ. އަދި އޭނާގެ މައްޗަށް ދައުލަތުން މަކަރާއި ޚީލަތްހެދުމުގެ ދަޢުވާކޮށްފައިވަނީ އޭނާ ޝަންގްރިލާ ހޮޓެލްސްގައި މަސައްކަތް ކުރެއްވިއިރު، މަކަރު ހަދާ ކުންފުންޏަށް ޚިޔާނަތްތެރިވި ކަމުގެ ތުހުމަތުގައި ވަޒީފާއިން ވަކިކުރި މައްސަލާގައެވެ.

މި މައްސަލައާ ގުޅޭގޮތުން ސުޖާޢު ވިދާޅުވީ އޭނައާ ދެކޮޅަށް ކޮށްފައިވަނީ ސިޔާސީ ދަޢުވާއެއްކަމަށާއި، މީގެ އެތައް އަހަރެއްކުރިން ބަޔަކު ފެތުރި ވާހަކައެއްގެ މައްޗަށް ބިނާކޮށް ދަޢުވާކުރަނީ، ސިޔާސީ ގޮތުން ބިރު ދެއްކުމަށެވެ.

"މިއީ ސިޔާސީ ދަޢުވާއެއް. މީގެ އެތައް އަހަރެއްކުރިން ބަޔަކު މީހުން ފެތުރި ދޮގުވާހަކައެއްގެ މައްޗަށް ދަޢުވާކުރަނީ ސިޔާސީ ގޮތުން ބިރު ދައްކަން. އަދި 2023 ވަނަ އަހަރު ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން އިޢުލަންކޮށްފައިވާތީ ރިޔާސީ ރޭހުގައި ބައިވެރިވިޔަ ނުދޭން ކުރާކަމެއް" ސުޖާޢު ވިދާޅުވިއެވެ.

ސުޖާޢު ވަނީ މިދިޔަ ރިޔާސީ އިންތިޚާބުގައިވެސް ވާދަކުރާނެކަން އިޢުލާންކުރުމަށްފަހު، ފަހުން އަނބުރާ ނަން ގެންގޮސްފައެވެ. އަދި 2023 ވަނަ އަހަރު އިންތިޚާބުގައި ވާދަކުރާނެކަން އިޢުލާންކޮށް ސޯޝަލް މީޑިއާ މެދުވެރިކޮށް ދަނީ ކެންޕެއިންކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *