މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނު، ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ އަދި ތޮއްޑޫ ދާއިރާގެ މެމްބަރުންނާއި ބައްދަލުކުރައްވައިފިއެވެ.

މިނިސްޓަރ ޔުމްނާ ވަނީ، އިހަވަންދޫ ދާއިރާގެ މަޖިލިސް މެމްބަރު، މުހައްމަދު ޝިފާއު އާއި ބައްދަލުކުރައްވައި، އެ ދާއިރާގެ އާސާރީ ތަންތަން ހިމާޔަތްކުރުމާއި ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

މީގެއިތުރުން، މިނިސްޓަރު ޔުމްނާ އަދި މެމްބަރު މުހައްމަދު ޝިފާއުވަނީ، އިހަވަންދޫގައި ގައުމީ ފެންވަރުގެ އަދަބީ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމާއި ބެހޭ ގޮތުންވެސް މަޝްވަރާ ކުރައްވާފައެވެ.

މިނިސްޓަރ ޔުމްނާ މައުމޫނު ވަނީ މިއަދު ތޮއްޑޫ ދާއިރާގެ މެމްބަރު، ހަސަން ޝިޔާނާއިވެސް ބައްދަލުކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ، ތޮއްޑޫގައި ހުންނަ ދާގަބާ ސަރަހައްދު ހިމާޔަތް ކުރުމާއި ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

މީގެއިތުރުން، ތޮއްޑޫގައި ސަގާފީ ތަރަކައިގެ ފަތުރުވެރިކަން ކުރިއެރުވުމާއި ގުޅޭ ގޮތުން ވެސް މިނިސްޓަރ ޔުމްނާ ވަނީ ތޮއްޑޫ ދައިރާގެ މެމްބަރާއިއެކު މަޝްވަރާކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *