ފުޅީފަޅުގައި ޒަމާނީ ފެންވަރުގެ ވިޔަފާރި ބަނދަރެއް ގާއިމުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި އިކޮނޮމިކް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވީ، ގުޅީފަޅުގައި ޒަމާނީ ފެންވަރުގެ ވިޔަފާރި ބަނދަރެއް އެޅުމަށް ކުރަންޖެހޭ ކޮންސެލްޓެންސީ މަސައްކަތްތައް މިއަންނަ ޖުލައި މަހު ފަށާނެ ކަމަށެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ، މިހާރު ކުރަމުން ގެންދަނީ، އެ ޒަމާނީ ވިޔަފާރި ބަނދަރު ގާއިމުކުރުމަށް ކޮންސަލްޓެންސީގެ މަސައްކަތް ކުރާނެ ކޮންސަލްޓެންޓެއް ހޯދުމުގެ މަސައްކަތް ކަމަށެވެ.

ގުޅީފަޅުގައި ގާއިމުކުރެވިގެންދާ އެ ވިޔަފާރި ބަނދަރުގެ ސަބަބުން، ރައްޖޭގެ އިގްތިސޯދަށް ވަރަށް ބޮޑެތި ފަައިދާތަކެއް ކުރާނެ ކަމަށް ވިދާޅުވަމުން، މިނިސްޓަރ ފައްޔާޒު ވިދާޅުވީ، އެ ބަނދަރުގެ ސަބަބުން މިހާރު މާލޭގެ ވިޔަފާރި ބަނދަރުގައި ދިމާވެފައިވާ ޖާގައިގެ ދަތިކަމަށާއި އެހެނިހެން ދަތިތަކަށް ހައްލެއް ލިބޭނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *