ރާއްޖޭގައި މިހާރުވެސް 250،000 ބިދޭސީން މަސައްކަތް ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓްރީން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވީ، ރާއްޖޭގައި މިހާރުވެސް 250،000 އަށްވުރެ ގިނަ ބިދޭސީން މަސައްކަތް ކުރަމުންދާ ކަމަށާއި، އަދިވެސް އިތުރަށް ބިދޭސީން ބޭނުންވާ ކަމަށެވެ.

އިކޮނޮމިކް މިނިސްޓަރު އިތުރަށް ވިދާޅުވީ، އެ 250،000 ތެރޭގައި ގަވައިދާއި އެއްގޮތަށް އަދި ގަވައިދާއި ހިލާފަށް މަސައްކަތް ކުރާ ބިދޭސީން ވެސް ހިމެނޭ ކަމަށެވެ. 

ރާއްޖޭގައި މަސައްކަތް ކުރާ ބޭރު މީހުންގެ ކަންތައްތައް ބެލެހެއްޓުން ހުރީ ވަރަށް ދަތި ހިސާބެއްގައި ކަމަށް ވިދާޅުވަމުން، މިނިސްޓަރު ފައްޔާޒު ވިދާޅުވީ، އެކަމުގައި ކޮރަޕްޝަންގެ ގިނަ ކަންތައްތަކެއް ވެސް އެކުލެވިގެންވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ އިގުތިސާދު މިހާރު ކުރިއަށްދާ ނިސްބަތަަށް ބަލާއިރު، ރާއްޖޭގެ ވަޒީފާ އަދާކުރާ އުމުރުގެ ހުރިހާ ރައްޔިތުން ވަޒީފާއަށް ނިކުތަސް އިތުރު މީހުން ވަޒީފާތަކަށް ބޭނުންވާ ކަމަށެވެ.

މިނިސްޓަރު ފައްޔާޒު އިތުރަށް ވިދާޅުވީ، ބިދޭސީންނާއި ގުޅޭ މައްސަލަތަކަށް ހައްލެއް ހޯދުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *