ބްރޮޑްކާސިޓިންގް ކޮމިޝަނުގެ މެމްބަރު ކަމުން ހަސަން ނަބާހު އިސްތިއުފާ ދީފިއެވެ.
ބްރޮޑްކޮމްގެ މެމްބަރު ކަމުން ނަބާހު އިސްތިއުފާ ދެއްވީ ކޮން ސަަބަބަކާއި ހުރެ ކަމަށް އަދި ސާފުނުވި ނަމަވެސް، އޭނާ ވަނީ މިއަދު އިސްތިއުފާގެ ސިޓީ ރައީސް އޮފީހަށް ފޮނުވާފައެވެ.
ބްރޮޑްކޮމްގެ މެމްބަރު ހަަސަން ނަބާހު މެމްބަރު ކަމުން ވަކިވުމަށް ސިޓީ ހުށަހަޅާފައިވާއިރު، މިދިޔަ ހަފްތާ، އެ ކޮމިޝަންގެ މެމްބަރު އިސްމާއިލް ސޮފްވާނު ވަނީ މަގާމުން އިސްތިއުފާ ދީފައެވެ. ސޮފްވާން އެ ކޮމިޝަނުގެ މެމްބަރު ކަމުން އިސްތިއުފާ ދިން އިރު، އޭނާ މަގާމުން ވަކިކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއްސަސާތަކާއި ބެހޭ ކޮމެޓީން ވަނީ ފާސްވެސް ކޮށްފައެވެ.
ބްރޮޑްކާސިޓިން ކޮމިޝަންގައި ތިއްބަވަނީ ހަތް މެމްބަރުންނެވެ.
މިދިޔަ މަސްތެރޭގައި، އެ ކޮމިޝަންގެ މެމްބަރުން ވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީއަށް ހާޒިރުކޮށް ސުވާލުވެސް ކޮށްފައެވެ.