ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަންތަނުގައި، އެކަން ކުރި މީހުން ޖޫރިމަނާ ކޮށްގެން ދައުލަތަށް 12000 ވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.

ފުލުހުން މިއަދު އާއްމުކުރި މިދިޔަ ހަފްތާގެ ތަފާސް ހިސާބުތަކުން ދައްކައި ގޮތުގައި، ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ތަންތަނުގައި، އެކަން ކޮށްގެން 25 މީހަކު ވަނީ ޖޫރިމަނާ ކޮށްފައެވެ.

މަނާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކޮށްގެން ޖޫރިމަނާ ކުރި މީހުންގެ އަތުން ދައުލަތަށް ވަނީ 12500 ރުފިޔާ ލިބިފައެވެ.

މިހާރުވެސް އާއްމުންނާއި ކުޑަކުދިން ގިނައިން އެއްވެ އުޅޭ ސަރަހައްދުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުން ސަރުކާރުން މަނާކޮށްފައިވާއިރު، މިއަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މާލޭ މަގުމަތީގައި ވެސް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާވާނެއެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ސަރަހައްދުތަކުގައި، އެކަން ކުރާނަމަ 500 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *