ދިވެހިރާއްޖޭގައި ޓީޗަރުންގެ ކޮންފަރެންސެއް ބާއްވަން ނިންމައިފި އެވެެ. 

އިނގިރޭސި ވިލާތުގެ ކެމްބްރިޖް ޔުނިވާސިޓީއާ އެޑިއުކޭޝަން މިނިސްޓްރީ އާއި ގުޅިގެން ނެޝެނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން (އެންއައިއީ) އިން އިންތިޒާމްކުރާ މި ކޮންފަރެންސް ބާއްވާނީ އަންނަ ސެޕްޓެމްބަރު ހަތަރުވަނަ ދުވަހާއި ފަސްވަނަ ދުވަހުއެވެ.

މި ކޮންފަރެންސްގައި ތައުލީމީ ދާއިރާގައި މަސައްކަތް މުވައްޒަފުންނާއި ރާއްޖޭގެ ޓީޗަރުންގެ އިތުރުން ތައުލީމީ ދާއިރާގެ މަސައްކަތް ކުރައްވާ ރާއްޖެއިން ބޭރުގެ ބައެއް ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. 

އެންއައިއީގެ އެޑިއުކޭޝަން ޑިވެލޮޕްމެންޓް އޮފިސާ ކޯޑިނޭޓަރު ޝުހުދާ ރިޒްވާން ވިދާޅުވީ، އިލްމީ ދިރާސާތައް ކުރައްވާ ބޭރުގެ ތަޖުރިބާކާރުންގެ ބައިވެރިވުމާއެކު ރާއްޖޭގެ ސްކޫލްތަކުގެ ކިޔަވައިދިނުމަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެ ކަމަށާއި، ކޮންފަރެންސްގައި ސްކޫލް ތަކުގައި ދިރާާސާ ކުރުން ތަރައްގީ ކުރުމުގެ މައައުލޫމާތު ހިއްސާ ކުރާ ވޯކްޝޮޕްތައް ވެސް ކުރިއަށް ގެންދާނެ ކަމަށެވެ.

ސެޕްޓެމްބަރު މަހު އޮންނަ މި ކޮންފަރެންސްގައި ސަރުކާރު ސްކޫލްތަކުގެ ދިވެހި ޓީޗަރުންނަށް ހިލޭ ބައިވެރިވެވޭނެ އެވެ. އެނޫން ފަރާތްތައް ކޮންފަރެންސްގައި ބައިވެރިވާން 150 އެމެރިކާ ޑޮަލަރު ދައްކަން ޖެހޭނެ އެވެ.  

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *