ދިވެހިރާއްޖޭގައި މަރުގެ އަދަބު ދިނުމަށް އެތައް މަސައްކަތެއް ކޮށްގެންވެސް އެކަން، ކާމިޔާބު ނުވެ އުޅެނިކޮށް، ބުޑިސްޓުންގެ މެޖޯރިޓީ އޮންނަ އަވައްޓެރި ސްރީލަންކާގައި މަރުގެ އަދަބު ދިނުމަށް ދެ ޖައްލާދުން އައްޔަނުކޮށްފިއެވެ.

43 އަހަރަށް ފަހު ލަންކާގައި މަރުގެ އަދަބު ތަންފީޒުކުރަން ތައްޔާރުވަމުން ދާއިރު، އެގައުމުގެ ރައީސް މައިިތިރިޕާލާ ސިރިސޭނާ ވަނީ، އެގައުމުގައި މަރުގެ އަދަބު ތަންފީޒު ކުރާނެ ކަމަށް މިއަހަރުގެ ފެބްރުއަރީ މަހު ވިދާޅުވެފައެވެ.

ލަންކާގައި ޖައްލާދުން ހޯދަން އިއުލާން ކުރުމުން އެ މަގާމަށް ވަނީ 100 އަށްވުރެ ގިނަ މީހުން ކުރިމަތި ލާފައެވެ. 

ސްރީލަންކާގައި 1976 ވަނަ އަހަރަށް ފަހު މީހަކު ދަންޖައްސައި، މަރުގެ އަދަބު ދީފައެއް ނުވެއެވެ.

ސްރީލަންކާގައި އެކި މައްސަލަތަކުގައި މަރުގެ ހުކްމު އިއްވާފައި މިވަގުތު ގާތްގަނޑަކަށް 1300 މީހުން އެބަ ތިބި ކަމަށް އެގައުމުގެ ނޫސްތަކުގައި ވަނީ ރިޕޯޓް ކޮށްފައެވެ.

ސްރީލަންކާގައި، މަރުގެ ހުކްމު ތަންފީޒުކުރުމަށްޓަކައި، އައްޔަނުކުރި ޖައްލާދުންނަށް ދޭ ހާއްސަ ތަމްރީނު ދެހަފްތާ ފަހުން ފަށާނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *