ވޭތުވެދިޔަ ހަފްތާ ޓްރެފިކްގެ ގަވައިދާއި ހިލާފުވި 1350 އެއްގަމު އުޅަނދުގައި ފުލުހުން ސްޓިކާ ޖަހައިފިއެވެ.
ފުލުހުން މިއަދު އާއްމުކުރި މިދިޔަ ހަފްތާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ވޭތުވެދިޔަ ހަފްތާ ޓްރެފިކްގެ ގަވައިދުތަކާއި ހިލާފަށް ޕާކް ކުރުމުގެ ސަބަބުން 1350 އުޅަނދުގައި ވަނީ ސްޓިކާ ޖަހައިފައެވެ.
މިދިޔަ ހަފްތާ އެކަނިވެސް، 34 އެކްސިޑެންޓް ހިނގާފައިވާއިރު، އެތަނުން 20 އެކްސިޑެންޓްގައި މީހުންނަށް ވަނީ އެކި ވަރުގެ އަނިޔާތައް ލިބިފައެވެ.
ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ހަފްތާ ޖުމްލަ 591 އުޅަނދު ވަނީ ބަލާ ފާސްކޮށްފައެވެ. އަދި، ދުއްވަން ކަނޑައަޅާފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވި 82 އުޅަނދަކާއި ދޭތެރޭ ވަނީ ފިޔަވަޅު އަޅާފައިއެވެ.
އަހަރީ ފީ ނުދައްކާ 51 މައްސަލައަކާއި، ރޯޑްވާދިނަސް ނަހަދާ ދުއްވުމުގެ 42 މައްސަލައަކާއި އަދި އިންޝުއަރެންސް ނެތި ދުއްވުމުގެ 38 މައްސަލައެއް ވެސް ފުލުހުން ވަނީ މިިދިޔަ ހަފްތާ ބަލާފައެވެ.