ނެށުމަށް ހާއްސަކޮށްގެން ސްޓަރ ޕްލަސްއިން ގެނެސްދޭ ރިއަލިޓީ ޝޯ، "ނަޗް ބަލިޔޭ 9"ގެ ޕްރިމިއަރ ޝޯއަށް މެހެމާނުންގެ ގޮތުގައި ބޮލީވުޑްގެ މަޝްހޫރު ޖޯޑް ރަންވީރު ސިންގް އަދި ދިޕިކާ ޕަޑްކޯން ގެންދިއުމަށް ހަމަޖެހިއްޖެއެވެ.

"ނަޗް ބަލިޔޭ" އަކީ ކޮންމެ ފަހަރަކު ވެސް ސެލެބްރިޓީންގެ ޖޯޑުތައް ތަފާތު ތީމްތަކަށް ގެނެސް ދެމުން އަންނަ ޝޯއެކެވެ. އެގޮތުން މި ފަހަރުގެ ސީޒަން ހާއްސަކޮށްފައި ވަނީ ލޯބީގެ ގޮތުން ކުރިން ގުޅިގެން އުޅުނު ޖޯޑުތަކަށެވެ.

"ނަޗް ބަލިޔޭ" ސީޒަން 9 ގެ ފުރަތަމަ އެޕިސޯޑް ހޯސްޓް ކުރާނީ 2017 ގައި ގެނެސް ދިން މި ޝޯގެ 8 ވަނަ ސީޒަން ކާމިޔާބު ކުރި ދެމަފިރިން ކަމަށްވާ އަދި މަޝްހޫރު ޓީވީ ޖޯޑު ދިވްޔަންކާ ތުރިޕަތީ އާއި ވިވެކް ދަހިޔާއެވެ.

"ނަޗް ބަލިޔޭ"ގެ މިފަހަރުގެ ސީޒަންއިން ފެނިގެންދާނީ ކޮން ފަންނާނުންނެއް ކަމެއް އަދި ޔަގީންނެއް ނުވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *