ރިސޯޓު މުވައްޒަފުންނާއި މެނޭޖުމެންޓްގެ ޙައްްގުތައް ކަށަވަރުކޮށްދިނުމުގައި މި ސަރުކާރުން ފަހަތަށް ނުޖެހޭނެކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު ޢަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޖޭއޭ މަނަފަރު ރިސޯޓުގެ ގިނަ އަދަދެއްގެ ދިވެހި މުވައްޒަފުން ކަނޑާލުމުގެ މަސައްކަތް ފަށާފައިވާކަމަށް ބުނެ މީސް މީޑީއާގައި ޓްވީޓެއް ދައުރުވާން ފެށިތާ މާ ގިނަ އިރުތަކެއް ނުވަނީސް، މިނިސްޓަރ ޢަލީ ވަނީ ޓްވީޓެއް ކުރައްވާފައެވެ.

ޓްވީޓުގައި މިނިސްޓަރު ވަނީ މުވައްޒަފުންނާއި، މެނޭޖްމެންޓްގެ ހައްޤުވެސް މި ސަރުކާރުން ކަށަވަރުކޮށްދެއްވާނޭ ކަމަށް ވިދާޅުވެފައެވެ. އަދި އެ މައްސަލަ މިނިސްޓްރީން ވަރަށް ގާތުން ބަލަމުންދާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *