ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާޣިބު އަހްމަދުގެ މައްސަަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަހުގީގު ކުރަން ފަށައިފި އެވެ.

ޖޭއެސްސީއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ރާޣިބުގެ މައްސަލަ ތަހުގީގުކުރަން ފަށާފައިވާކަމަށެވެ. ރާޣިބުގެ މައްސަލަ ކުރިޔަށް ގެންދަނީ ކ.ތުލުސްދޫގައެވެ.

ޖޭއެސްސީން ދަނީ އެކޮމިޝަންގެ އިސްނެގުމަށް އަދި އެ ކޮމިޝަނަށް ހުށަހަޅާފައިވާ ގިނަ ފަނޑިޔާރުންތަކެއްގެ ސުލޫކީ މައްސަލަތައް ބަލަމުންނެވެ. އަދި އޭގެ ތެރެއިން ބައެއް ފަނޑިޔާރުން ވަނީ ސަސްޕެންޑް ކޮށްފައެވެ. ޖޭއެސްސީ އިން ސަސްޕެންޑް ކުރި ފަނޑިޔާރުންގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ހިމެނެ އެވެ. ފަނޑިޔާރު ދީދީ އަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ބަލަމުން އަންނަ ސުލޫކީ މައްސަލާގައި އޭނާ ބުރާސްފަތި ދުވަހު ވަނީ ޖަވާބުދާރީވެވަޑައިގެންފަ އެވެ.

މެޖިސްޓްރޭޓް ރާޣިބުގެ މައްސަލަ ޖޭއެސްސީއިން ތަހުގީގު ކުރަން ފަށާފައިވާއިރު ފާއިތުވި ހަފުތާގެ ބުދަ  ދުވަހު ވަނީ ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ފަނޑިޔާރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފަ އެވެ. މިއީ ފެހި ޤާނޫނު އަސާސީއަށް ޢަމަލުކުރަން ފެށިފަހުން ސުލޫކީ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ފަނޑިޔާރަކު ވަކި ކުރި ފުރަތަމަ ފަހަރެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *