އަވަށްޓެެރި އިންޑިއާގައި އޮންނަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބާއްވާ، އިންޓަނޭޝަނަލް އެސްއެމްއީ ކޮންފަރެންސު 2019 ގައި ރާއްޖޭން ބައިވެރިވެއްޖެ އެވެ.
އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި މިމަހުގެ 27 އިން 29 ގެ ނިޔަލަށް ކުރިއަށްދާ އިންޓަނޭޝަނަލް އެސްއެމްއީ ކޮންފަރެންސުގައި ރާއްޖޭގެ ވަފުދުގެ އެންމެ އިސްކޮށް ބައިވެރިވެފައިވަނީ އެސްއެމްއީ ފައިނޭންސިން އެންޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ ފަރާތުންނެވެ.
އެސްޑީއެފްސީގެ ފަރާތުން އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ބައިވެރިވަޑައިގަތީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒީނާދު އެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރި އަށް އިސްކަން ދިނުމަކީ ރައީސް ޞާލިހުގެ ރިޔާސީ ވައުދެކެވެ. މިގޮތުން މި ސަރުކާރުން ވަނީ އެސްޑީއެފްސީގެ ނަމުގައި ބޭންކެއް ވެސް އުފައްދާފަ އެވެ.