ސައުވީސް ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ރާއްޖޭގެ ހުރިހާ ރަށްތަކަށް ވެސް އެބައޮތްކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއަަށް ދިން އިންޓަވިޔުއެއްގައި އިކޮނޮމިކް މިނިސްޓްރީގެ ރެޖިސްޓްރަރ އޮފް ކޮމްޕެނީސް، މަރިޔަމް ވިސާމް ވިދާޅުވީ ބޮޑެތި ސިޓީތަކެކޭ އެއްގޮތަށް އާންމު ރަށްތަކުގައި ވެސް 24 ގަޑިއިރުގެ ވިޔަފާރިކުރުމުގެ ހުއްދަ އިކޮނޮމިކް މިނިސްޓްރީން މިހާރު ދީފައިވާކަމަށެވެ.

އަދި މިހާތަނަށް އައިއިރު މާލެ ސިޓީއާއި އައްޑޫ އިން 31 ފިހާރައަކަށް 24 ގަޑިއިރު ވިޔަފާރި ކުރަން ހުއްދަ ދީފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސައުވީސް ގަޑިއިރު ވިޔަފާރު ކުރުމުގެ ހުއްދަ ދޫކުރުން މެދުކަނޑާލައިފައި އޮތުމަށް ފަަހު އަލުން އެ ހުއްދަ ދޫކުރަން ފެށީ މިއަހަރުގެ ކުރީކޮޅުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *