ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ޞާލިހް، ސިންގަޕޫރަށް މިއަދު ފުރައިވަޑައިގެންނެވީ ރަސްމީ ދަތުރުފުޅެއްގައެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން، ރައީސް އޮފީހުން ވިދާޅުވީ، ރައީސްގެ އެ ދަތުރުފުޅުގެ މަގްސަދަކީ، ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއެކު ޚާއްޞަ ގޮތެއްގައި ސަލާމަތީ ދާއިރާއާއި ވިޔަފާރި، ޞިއްޙީ، އަދި ތަޢުލީމީ ދާއިރާ ފަދަ ދާއިރާތަކުން ދެޤައުމުގެ މެދުގައި މިހާރު ޤާއިމްކޮށްފައިވާ ގުޅުން ވަރުގަދަ ކުރެއްވުން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އެ ދަތުރުފުޅުގައި ސިންގަޕޫރުގެ ރައީސް ޙަލީމާ ޔަޢުޤޫބު އަދި ބޮޑުވަޒީރު ލީ ސިއެން ލޫންގަ އާއި ވަކިވަކީން ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސް ޞާލިހް، އެ ދަތުރުފުޅުގައި ސިންގަޕޫރުގައި ދިރިއުޅުއްވާ ދިވެހި ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.