ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބުލަށް ވީގޮތް ބަލާނެ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

މިއަދު އެމްއެންޑީއެފުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ވިދާޅުވީ، ކިނބޫ ކުޑަކުދިންގެ ބަގީޗާއިން ގެންދިޔައީ 2015 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ކަމަށާއި، އޭގެ ފަހުން އެ ކިނބުލާއި ދޭތެރޭ ކަންތައް ކުރި ގޮތުގެ އެއްވެސް މައުލޫމާތެއް ނުލިބޭ ކަމަށެވެ.

ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް އިތުރަށް ވިދާޅުވީ، ވަރަށް އަވަހަށް ކިނބުލަށް ވީގޮތް ބެލުމަށް އެމްއެންޑީއެފުން ތަހުގީގެއް ހިންގުމަށްފަހު، ވީގޮތް އެނގުމުން ޖަވާބެއް ދެއްވާނެ ކަމަށެވެ.

ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ ކުރިން، ކިނބުލާއި ދޭތެރޭ ކަންތައް ކުރިގޮތް ބެލުމަށް އެދި މަޖިލީހަށްވެސް މައްސަލައެއް ހުށަހަޅާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *