މާފަނު އޭސް ހާޑްވެއަރ ކައިރިން ހުޅަނގަށް ދުއްވާފައި ދިޔަ ދެކައިކަލު ޖެހި އެކްސިޑެންޓެއް ހިނގަފިއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު މެންދުރު 11:50 ހާއިރުއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ އޭސް ހާޑްވެއަރ މަގުން ހުޅަގަށް ދުއްވާފައި ދިޔަ ސައިކަލެއްގެ ފަހަތުގައި ފަހަތުން ދުއްވާފައި އައި ސައިލެއް ޖެހިގެންނެވެ.
އަދި އެ އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ފަހަތުން އައި ސައިކަލު ދުއްވަން އިން އަންހެން މީހާއަށެވެ. އެގޮތުން އޭނާގެ ކަނާތު ކަކުލަށް އަނިޔާވެފައިވާއިރު، ބައެއް ކުދި އަނިޔާތައް ވެފައިވެއެވެ.
އަނިޔާވި އަންހެން މީހާ މިހާރު ވަނީ ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައެވެ.