މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.
މެޓުން އެ ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 9:30 އިން މެންދުރު ފަހު 14:30 ގެ ނިޔަލަށެވެ.
މެޓުން ބުނީ، ހުޅަނގުއުތުރާއި އުތުރުން، ދެކުނު އަތޮޅުތަކަށް ގަޑިއަކު 3 މޭލާ 10 މޭލުދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި މެދުތެރެއާއި އުތުރު އަތޮޅުތަަަކަށް ގަޑިއަކު 5 މޭލާ 15 މޭލު ދެމެދުގެބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 30 މޭލަށް ވައި ގަދަ ވުމަކީ އެކަށީގެން ވާ ކަމެއް ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.
މީގެއިތުރުން ދެކުނުގެ ކަނޑުތައް މަޑު ވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި އަދި އުތުރާއި މެދުތެރޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.