ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އިންޑިއާއަށް 30,000 ހައްޖު ކޯޓާ ދީފިއެވެ.

މިކަން އިއުލާންކޮށްފައިވަނީ ޖަޕާނުގެ އޮސާކާގައި މިހާރު ކުރިއަށްދާ "ޖީ 20" ގެ ބައްދަލުވުމުގެ ތެރެއިން ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއެކު ބޭއްވި ބައިލެޓްރަލް ބައްދަލުވުމުގެ ތެރެއިންނެވެ.

އެގޮތުން އެ ނިންމުމާއި އެކު ކު ސައުދީން އިންޑިއާ އަށް ކޮންމެ އަހަރަކު ދޭ ހައްޖު ކޯޓާގެ އަދަދު 200,000 އަށް އަރާނެއެވެ.

ސައުދީގެ މި ނިންމުމަށް އިންޑިއާއިން ވަނީ ވަރަށް ބޮޑަށް މަރުހަބާ ކިޔައިފައެވެ.

މިއީ ބޮޑު ވަޒީރު މޯދީ އާ ދައުރަކަށް އިންތިހާބުވި ފަހުން ސައުދީން ހައްޖު ކޯޓާ އިތުރުކުރި ތިންވަނަ ފަހަރެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *