އިމާރާތް ކުރަން ބޭނުންކުރާ ހަ ބާވަތެއްގެ ކޮންސްޓްރަކްޝަން މެޓީރިއަލް އެތެރެ ކުރަން ޕްލޭނިން މިނިސްޓްރީގެ ހާއްސަ ހުއްދައެއް ނަގަން ޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.
ޕްލޭނިން މިނިސްޓްރީ ބުނީ ހަ ބާވަތެއްގެ ކޮންސްޓްރަކްޝަން މެޓީރިއަލް ރާއްޖެ އެތެރެ ކުރަން އެ މިނިސްޓްރީގެ ހުއްދައެއް ނަގަން ޖެހޭ ގޮތަށް ހަމަޖެހުނީ އަލަށް އަމަލު ކުރަން ފެށި، އިމާރާތް ކުރަން ބޭނުންކުރާ ތަކެތި އެތެރެ ކުރުމާއި އުފެއްދުން ކޮންޓްރޯލް ކުރުމުގެ ގަވާއިދާއި އިމާރާތްކުރުމުގެ މަސައްކަތަށް ބޭނުންކުރާ ތަކެއްޗާއި ތަކެތި ޓެސްޓް ކުރާ ފަރާތްތަކުގެ ގަވާއިދުގެ ދަށުން ކަމަށެވެ.
ހުއްދަނެތި އެތެރެ ކުރުން މަނާ ބާވަތްތައް
- ހުރިހާ ގްރޭންޑެއްގެ ހިލަ
- ކޮންކްރީޓަށް ބޭނުން ކުރާ ހިލަ
- ސްޓްރަކްޗަރަލް ދަގަނޑު
- ރެޑީ މިކްސްޑް ހުރިހާ ގްރޭންޑެއްގެ ކޮންކްރީޓް
- ރެޑީ މޭޑް ހުރިހާ ބާވަތެއްގެ ގައު
- ސިމެންތި
މިނިސްޓްރީން ބުނީ މި ބާވަތްތައް ހުއްދަނެތި އެތެރެ ކުރަން އުޅޭނަމަ، ކަސްޓަމުން ހުއްޓުވާނެ ކަމަށެވެ.