ރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހް މާދަމާ ސިންގަޕޫރަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

މިއީ ރައީސް ޞާލިހް، ރައީސްގެ މަގާމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު ސިންގަޕޫރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވީ ރައީސް ސިންގަޕޫރަށް ކުރައްވާ ދަތުރުފުޅަކީ އެ ގައުމުގެ ރައީސް ހަލީމާ ޔައުގޫބްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށާއި، އެ ދަތުރުފުޅުގައި ރައީސް ހަލީމާއި ޔައުގޫބުގެ އިތުރުން އެ ގައުމުގެ ބޮޑުވަޒީރު ލީ ޝިއެންގް ލުންއާންއާ ވެސް ބައްދަލު ކުރައްވާނެ ކަމަށެވެ.

އެ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ބާއްވާނެ ކަމަށާއި ރައީސް ޞާލިހަށް ރަސްމީކޮށް މަރުހަބާ ދެންނެވުން އޮންނާނީ ރިޔާސީ ގަނޑުވަރުގައި ކަމަށްވެސް ހޫދު ވިދާޅުވިއެވެ.

އަދި މި ދަތުރުފުޅުގައި އެގައުމުގައި ދިރިއުޅޭ ދިވެހިންނާއި ރައީސް ބައްދަލުކުރަން ވަނީ ހަމަޖެހިފައެވެ.

ފަސްޓް ލޭޑީ ފަޒްނާ އަހުމަދާއި، ކެބިނެޓްގެ ބައެއް މިނިސްޓަރުންނާއި އެކު ކުރާ މި ދަތުރުފުޅު ނިންމަވާލުމަށް ފަހު ރައީސް ޞާލިހް އެނބުރި މާލެ ވަޑައިގަންނަވާނީ އަންގާރަ ދުވަހުއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *