"ބޯލެ ޗޫޅިޔާ" އިން ބަތަލާ މޯނީ ރޯއި ވަކިވުމާ ގުޅިގެން އެ ފިލްމަށް ތަމަންނާ ބާޓިއާ ސޮއި ކޮށްފިއެވެ.
ލޯބީގެ ވާހަކައަކަށް ހަދާ "ބޯލެ ޗޫޅިޔާ" އަކީ ނަވާޒުއްދީންގެ ކޮއްކޮ ޝަމަސް ނަވާބް ސިއްދީގީ ޑައިރެކްޓް ކުރާ ފިލްމެކެވެ.
އެ ފިލްމުގެ ޝޫޓިންތައް ވަރަށް އަވަހަށް ރާޖިސްތާނުގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.
"ބޯލެ ޗޫޅިޔާ" އެ ފިލްމުގެ ލީޑް ރޯލުން ތަމަންނާގެ އިތުރުން ފެނިގެންދާނީ ނަވާޒުއްދީން ސިއްދީގީއެވެ.
ތަމަންނާ ވަނީ މީގެ ކުރިންވެސް ބޮލީވުޑްގެ ކުޅަދާނަ ބަތަލުންނާއިއެކު ކާމިޔާބު ފިލްމުތަކެއް ކުޅެފައެވެ.