ތަފާތު ކުލަތަކާއި އެކު، އުރީދޫ ކަލަރ ރަން އައްޑޫ ސިޓީ ހިތަދޫގައި މިއަދު ބާއްވައިފިއެވެ.

މިއަދު ހަވީރު 15:30 ގައި ހިތަދޫ ސްޓޭޖް ސަރަހައްދުން ފެށި މި ދުވުން ނިންމާލާފައި ވަނީ އިރުއޮއްސި 18:00 ގައެވެ.

އުރީދޫ ކަލަރ ރަންގައި އެކި އުމުރުފުރާގެ 2،000 މީހުން ބައިވެރިވެފައިވާއިރު، ފަސް ކިލޯމީޓަރގެ އެ ދުވުމުގެ ބައިވެރިން ވަނީ ދުވުން ފުރިހަމަކޮށް ހަނދާނީ މެޑަލް ހޯދައިފައެވެ.

މި ދުވުމުގައި ޒުވާނުންގެ މިނިސްޓަރު އަހުމަދު މަހުލޫފް އާއި އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އާއި އުރީދޫގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އުރީދޫ ކަލަރ ރަން މިއަދު ބާއްވާފައިވާއިރު، އުރީދޫ އާއި ޓްވިޓްސާފް ގުޅިގެން މާދަމާ ހަވީރު 16:00 އިން  18:00 ކަށް އައްޑޫގައި ސާފުކުރުމުގެ އިވެންޓެއް ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

މިއީ އަތޮޅުތެރޭގެ ރަށެއްގައި އުރީދޫ ކަލަރ ރަން ބޭއްވި ފުރަތަމަ ފަހަރެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *