ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު މިއަދު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 21 އަހަރުގެ ދިވެހި ފިިރިހެެނެއް ކަމަށެވެ.
އަދި އޭނާ ހައްޔަރުކޮށްފައި ވަނީ މިއަދު މެންދުރު އެއަރ އިންޑިއާގެ ފްލައިޓަކުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅެނިކޮށެވެ.
ފުލުހުން ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ކަސްޓަމްސްއިން އޭނާ ހިފަހައްޓައި ފުލުހާ ހަވާލުކޮށްފައިވާ ކަމަށެވެ.