ރ.މަޑުއްވަރީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހެއްގެ ކަރުގައި ހިފައި މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ އެ މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 22 އަހަރުގެ ފިރިހެނެއް ކަމަށެވެ.
މި މާރާމާރީ ހިނގާފައިވަނީ ރަށު ޕިކަޕެއް ބޯޑު ހަރުނުކޮށް ލައިސެންސް ނެތް މީހުން ދުއްވަމުންދާތީ ތަކުރާރުކޮށް ނަސޭހަތްދީ ޖޫރިމަނާ ކުރުމުން ވެސް އެކަން ރަނގަޅުނުކޮށް ދުއްވަމުންދާތީ ރަށު ޕިކަޕު ޓޯވކޮށް މަޑުއްވަރީ ޕޮލިސް ސްޓޭޝަނަށް ގެނައުމަށްފަހު އެ ޕިކަޕު ބަލާ އައުމަށް ވެރިފަރާތަށް އެންގުމުން ރަޖިސްޓްރީ ބޯޑު ހިފައިގެން ބަޔަކާއެކު ޕިކަޕު ބަލައި ސްޓޭޝަނަށް އައިސް ހިންގި ހަމަނުޖެހުމެއްގެ ތެރެއިން ކަމަށް ފުލުހުން ވަނި ބުނެފައެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.