މާލޭގައި ފުލުހަކަށް ހަމަލާދީ މާރާމާރީ ހިންގައިފިއެވެ.
ފުލުހުން ބުނީ އެ މީހާ ފުލުހަކަށް ހަމަލާދީ މާރާމާރީ ހިންގާފައިވަނީ މިއަދު މެންދުރު 13:14 ހާއިރު ކަމަށެވެ.
އަދި އެނާ ފުލުހަކަށް ހަމަލާދީފައިވަނީ އަމީނީމަގުން ކޯރުކެނޑި މަގަށް ކުޑަކުއްޖަކު ގޮވައިގެން ދަނިކޮށް ހުއްޓުވާ ނަސޭހަތްތެރިވުމުން ކަމަށެވެ.
މީގެ އިތުރުން އޭނާއަށް ނަސޭހަތްތެރިވުމުން ފުލުސް މީހާއާއި ދިމާއަށް ހަޑިހުތުރު ބަހުން މުއާމަލާތްކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.