ދިވެހިރާއްޖޭގެ ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަންހެނުންގެ ވޯލްޑް ކަޕާއި ދިމާކޮށް، ފްރާންސް ދެކޮޅު ޓިކެޓު ލިބޭ ކުއިޒެއް ފަށައިފި އެވެ.

"ބީއެމްއެލް ވޯލްޑް ކަޕް މަޖާ" ގެ ނަމުގައި ކުރިއަށް ގެންދާ މި ކުއިޒުން ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވަނަ އަށް އަންނަ ފަރާތަކަށް ޕެރިހުގެ ދެކޮޅު ޓިކެޓު ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި ކުއިޒް ކުރިއަށް ދާނީ ބޭންކުގެ ފޭސްބުކް އަދި ޓްވިޓާ މެދުވެރިކޮށެވެ.

އެއްވަނަ އަށް އަންނަ ފަރާތަކަށް އިތުރު މީހެއް ގޮވައިގެން ދިއުމުގެ ފުރުސަތު ލިބޭއިރު، ދެކޮޅު ޓިކެޓުގެ އިތުރުން ސްޕެންޑިން އެލަވަންސުގެ ގޮތުގައި 1،000 ޑޮލަރު ލިބޭނެ އެވެ.

މި ކުއިޒުގައި ބައިވެރިވެވޭނީ ހޭޝްޓެގް ޖަވާބު ޖެހުމަށްފަހު "ވޯލްޑްކަޕް މަޖާ" ޖަހައިގެންނެވެ. ފްރާންސު ދެކޮޅު ޓިކެޓު ލިބޭނީ މުބާރާތުގެ ބާކީ ހުރި މެޗުތަކުގެ ޖަވާބު އެންމެ ގިނައިން ރަނގަޅު ކުރާ ފަރާތްތަކުގެ ތެރޭގައި ގުރުއަތެއް ނަގައިގެންނެވެ. 

ބީއެމްއެލްގެ އެ ކުއިޒްގެ ނަސީބުވެރި ފަރާތް ހޮވުން އޮންނާނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހުގައެވެ.

ފީފާ އިން އިންތިޒާމުކޮށްގެން ކުރިއަށްދާ އަންހެނުންގެ ވޯލްޑް ކަޕް މި އަހަރު ކުރިއަށްދަނީ ފްރާންސުގަ އެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *