އަބަދު ތިބާ ހިތް އެދޭ ގޮތަށް ކަންތައް ވުމަށް އުންމީދު ކުރުމަކީ މޮޔަކަމެކެވެ. ދިރިއުޅުމުގައި ތިމާ ހިތް އެދޭ ކަންކަން ވާ ފަދައިން ތިބާގެ ހިތްނުތަނަވަސްވާ ނުވަތަ ހިތްމަރާލާ ކަންކަމާއިވެސް ދިމާވާނެއެވެ. ފިކުރުބޮޑުވެ ހިތާމައިގެ ވަގުތަކީ ތިމާއަށް ބަރުދާސްތު ކުރަން އެންމެ އުދަނގޫ އެއް ވަގުތެވެ. އެ ވަގުތުގައި ތިމާއަށް ކުރިމަތިވެފައިވާ މޮޅިވެރިކަމުން މިންޖުވުމަށް އޮތް އެންމެ ރަނގަޅު ފަރުވާއަކީ ދުޢާއެވެ.

މާތްﷲ ވަހީކުރައްވާފައިވެއެވެ.

الَّذِينَ آمَنُوا وَتَطْمَئِنُّ قُلُوبُهُمْ بِذِكْرِ اللَّهِ ۗ أَلَا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ (سورة الرعد 28)

މާނައީ: "އެއުރެންނީ، އީމާންވި މީހުންނެވެ. އަދި اللَّه ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، اللّه ހަނދުމަކުރުމުން ނޫންހެއްޔެވެ؟" (ސޫރަތުއް ރަޢުދު 28)

ދެރައާއި ހިތާމައިގެ ވަގުތުކައި ކުރެވިދާނެ ބައެއް ދުއާތައް:

"اَلَّلهـُمَّ إِنِّيْ أَعُوْذُ بِكَ مِنْ الْهـَمِّ وَالْحُزْنِ، وَالْعَجْزِ وَالْكَسَلِ، وَالْبُخْلِ وَالْجُبْنِ. وَضَلَعِ الدَّيْنِ وَغَلَبَةِ الرِّجَالِ."

މާނައީ: "އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން މިއަޅާ ފިކުރުބޮޑުވުމުންނާއި، ހިތާމައިންނާއި، ނުކުޅެދިގެންވުމުންނާއި، ކަންނެތްކަމުންނާއި، ބަޚީލުކަމުންނާއި، ފިނޑިކަމުންނާއި، ދަރަނީގެ ބުރައިންނާއި އަދި މީސްތަކުން މިއަޅާގެ މައްޗަށް ގަދަވެގަތުމުން ރައްކައުތެރިކޮށްދެއްވުމަށް އިބަﷲގެ ޙަޟްރަތުން އެދި ދަންނަވަމެވެ" (رواه البخاري. مع الفتح)

"اللَّهُمَّ إِنِّيْ عَبْدِكَ، اِبْنُ عَبْدِكَ، اِبْنُ أَمَتِكَ، نَاصِيَتِيْ بِيَدِكَ، مَاضٍ فِيَّ حُكْمُكَ، عَدْلٌ فِيَّ قَضَاؤُكَ، أَسْأَلُكَ، بِكُلِّ اِسْمٍ هـُوَ لَكَ، سَمَّيْتَ بِهِ نَفْسَكَ، أَوْ أَنْزَلْتَهُ فِيْ كِتَابِكَ، أَوْ عَلَّمْتَهُ أَحَدًا مِنْ خَلْقِكَ، أَوِ اسْتَأْثَرْتَ بِهِ فِيْ عِلْمِ الْغَيْبِ عِنْدَكَ، أَنْ تَجْعَلَ الْقُرْآنَ رَبِيْعَ قَلْبِيْ، وَنُوْرَ صَدْرِيْ، وَجَلاَءَ حُزْنِيْ، وَذَهـاَبَ هـَمِّيْ"

މާނައީ: "އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން އަހުރެންނަކީ އިބަ ﷲގެ އަޅަކީމެވެ. އިބަ ﷲގެ ފިރިހެން އަޅާގެ ދަރިޔަކީމެވެ. އިބަ ﷲގެ އަންހެން އަޅާގެ ދަރިޔަކީމެވެ. މިއަޅާގެ ލަގަންވަނީ އިބަ ﷲގެ އަތްޕުޅުގައެވެ. އިބަ ﷲގެ ޙުކުމްފުޅު މިއަޅާގެ މައްޗަށް ތަންފީޒުވެގެންވެއެވެ. އިބަ ﷲގެ ފައިޞަލާ މިއަޅާއާމެދު ޢަދުލުވެރިވެގެންވެއެވެ. އިބަ ﷲގެ އަމިއްލަ ޒާތުފުޅަށް ޙުދު އިބަﷲ ދެއްވާފައިވާ ނުވަތަ އިބަﷲގެ ފޮތުގައި އިބަﷲ ބާވައިލައްވާފައިވާ ނުވަތަ އިބަﷲ މަޚްލޫޤުންގެ ތެރެއިން މަޚްލޫޤަކަށް އިބަﷲ އުނގަންނައިދެއްވާފައިވާ ނުވަތަ އިބަﷲގެ ޙަޟްރަތުން ޢައިބުގެ ޢިލްމުގައި އިބަﷲ ޙާއްޞަކުރައްވާފައިވާ އިބަﷲގެ ހުރިހާ އިސްމުފުޅުތަކެއް މެދުވެރިކޮށް، މިއަޅާގެ ހިތުގެ ބަހާރުކަމުގައާއި، މިއަޅާގެ ހިތުގެ ނޫރުކަމުގައާއި، މިއަޅާގެ ހިތާމަފިއްލަވައިދޭ ޒަރިއްޔާކަމުގައާއި އަދި މިއަޅާގެ ފިކުރުބޮޑުވުން ދުރުކޮށްދޭ ޒަރިއްޔާކަމުގައި ޤުރުއާން ލައްވައިދިނުމަށް އިބަﷲގެ ޙަޟްރަތުން އެދިދަންނަވަމެވެ" (رواه احمد وصحّحه الألباني)

މަސްދަރު: މައިތިރި ޑޮކް ކޮމް

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.