ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމް އިމާދުއްދީން ސްކޫލަށް މިއަދު ޒިޔާރަތް ކުރައްވައި އެތަނުގައި ހިންގާ ސެން ކްލާސްތައް ބައްލަވައިލައްވައި އެތަނުގެ މުވައްޒަފުންނާއި ބައްދަލުކުރައްވައި ތަނުގެ ޙާލަތު ބައްލަވައިލައްވައިފިއެވެ.

ރައީސް އޮފީހުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ނައިބު ރައީސް ފައިސަލް ނަސީމް އިމާދުއްދީން ސުކޫލަށް ކުރެއްވި އެ ޒިޔާރަތުގައި، ސްކޫލްގެ މެނޭޖްމަންޓުން ވަނީ ސެން ކްލާސްތައް ކުރިޔަށް ގެންދިޔުމުގައި ދިމާވާ ގޮންޖެހުންތަކުގެ މަޢުލޫމާތު ނައިބު ރައީސްއާއި ހިއްސާކުރައްވާފައި ކަމަށެވެ.

އެ ސުކޫލު މެނޭޖްމެންޓުން ވަނީ، ސެން ކްލާސްތައް ހިންގަމުން ދަނީ ޖެހިގެން ހުންނަ ވަކި އިމާރާތެއްގައިކަން ފާހަގަކުރައްވައި، ސްކޫލާއި ސެން ކްލާސްތައް ހިންގާ ސްކޫލްގެ އެނެކްސް އިމާރާތާއި ދެމެދުގައިވާ މަގު، މަގެއްގެގޮތުގައި ބޭނުން ނުކުރާ ގޮތަށް ހައްދަވައިދެއްވަން މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

މުޅި ސަރުކާރުގެ މައިގަނޑު އަމާޒަކީ ތަޢުލީމީ ދާއިރާގައި ހުރި މައްސަލަތައް ޙައްލުކޮށް، އެ ދާއިރާގެ ކަންކަން އިތުރަށް ހަރުދަނާކުރެއްވުން ކަމަށް ނައިބު ރައީސް ވަނީ އެ ސުކޫލަށް ކުރެއްވި ޒިޔާރަތުގައި ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *