ވައިގެ މަގުން ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 49 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މިމީހާ ހައްޔަރުކޮށްފައިވަނީ، ވައިގެ މަގުން ފުވައްމުލަކު ސިޓީއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މި މަހުގެ 25 ވަނަ ދުވަހުގެރޭ 20:45 ހާއިރު ފުވައްމުލަކު އެއަރޕޯޓުން ކަމަށް ފުލުހުން ބުނެއެވެ.

އަދި މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާގެ ހަށިގަނޑު ބަލައިފާސްކުރިއިރު، އޭނާގެ ފައިގެ ކަށިމަތީގައި ޓޭޕް އޮޅައި ބަނދެފައިއޮތް، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ޖޫސްޕެޓީ ކޮތަޅު ފެނިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދަށް ވަނީ 15 ދުވަސް ޖަހާދީފައެވެ.

މި މައްސަލަ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤް ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *