ލިންކް ސާރވްގެ އޮފީސް ފަޅާލައިގެން، ދެ ތިޖޫރި ވަގަށް ގެންދިޔަ ކަމަށް ދެންނެވުނީ މައުލޫމާތުގެ ކުށަކުން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން، ވިދާޅުވީ، މިއަދު ހެނދުނު ފަޅާލި ކަމަށް ރިޕޯޓް ކުރީ ލިންކް ސާރވްގެ އޮފީހެއް ނޫން ކަމަށާއި، އެއީ ރެޑްބޮކްސްގެ އޮފީސް ކަމަށެވެ.

ފުލުހުން ވަނީ މިއަދު ހެނދުނު 8:21 ހާއިރު ލިންކް ސާރވްގެ އޮފީސް ފަޅާލައިގެން، 4000 ރުފިޔާ ވަގަށް ނަގައިގެން ގެންދިޔަ ކަމަށް ބުނެ މީޑިއާތަކަށް މައުލޫމާތު ދެއްވައިފިއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، ފަޅާލާފައިވާ ރެޑްބޮކްސްގެ އޮފީހަކީ ލިންކް ސާރވްގެ އޮފީހާއި އެއްވެސް ގުޅުމެއް އޮތް ތަނެއް ނޫން ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.