ކްރިމިނިލް ކޯޓްގެ ގާޒީކަމަށް ދެމީހަކު ހޯދަން އިއުލާންކޮށްފިއެވެ.

ޖުޑީޝިއަލް ސާރވިސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ކްރިމިނަލް ކޯޓަށް ދެ ގާޒީން ބޭނުންވާތީ އެމަގާމަށް ކުރިމަތިކުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ކްރިމިނިލް ކޯޓްގެ ގާޒީއަކަށް ވެވޭނީ، ފަނޑިޔާރުންގެ ގާނޫނޫގައި ބުނާ ޝަރުތުތައް ހަމަވާ މީހުންނަށެވެ.

މިއަދު ޖޭއެސްސީން އިއުލާންކުރި މަގާމަށް ބަލައި ޝަރުތު ތަކުގެ ތެރޭގައި، ގާނޫނާއި އިސްލާމީ ޝަރީއާ ދާއިރާއިން ފުރަތަމަ ޑިގްރީއެއް ހާސިލުކޮށްފައި އޮތުން އަދި، ގާނޫނީ ވަކީލުކަމުގެ ދެއަހަރު ދުވަހުގެ ތަޖްރިބާ ހުންނަ ޖެހެއެވެ.

މީގެ އިތުރުން އެމަގާމަށް ކުރިމަތިލެވޭނީ 25 އަހަރުން މަތީގެ މީހުންނަށެވެ.

ކްރިމިނަލް ކޯޓްގެ ގާޒީކަމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ޖުލައި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *