ލިންކް ސާރވް އޮފިސް ފަޅާލާ ދެ ތިޖޫރި ވަގަށް ނަގައިފިއެވެ.
ފުލުހުން ވިދާޅުވީ، މިއަދު ހެދުނު 8:21 ހާއިރު، އަބަދަށްފެހި މަގުގައި ހުންނަ ލިންކް ސާރވްގެ އޮފިސް ފަޅާލައިގެން ދެ ތިޖޫރި ގެންގޮސްފައިވާ މައްސަލަ ހުށަހަޅަައިފައިވާ ކަމަށެވެ.
އަދި ވަގަށް ނެގި އެއް ތިޖޫރީގައި 4000 ރުފިޔާ ހުންނާނެ ކަމަށާއި އަދި އަނެއް ތިޖޫރީގައި އެއްވެސް އެއްޗެއް ނުހުންނާނެ ކަމަށް ލިންކް ސާރވްއާއި ހަވާލާދީ ފުލުހުން ބުނެއެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.