ކ.ކާށިދޫ ގެއަކުން ވަގަށް ނަގާފައިވާ ތަކެތި ހޯދައި، ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ކާށިދޫ ގެއަކުން ވައްކަން ކޮށްފައިވާކަމަށްބުނެ ޖޫން 23 ވަނަ ދުވަހުގެ ހެނދުނު 10:50 ހާއިރު ފުލުހުންނަށް ހުށަހެޅުނު މައްސަލައާއި ގުޅިގެން ކާށިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އަދި މިމީހާ ފުލުހުންގެ ބެލުމުގެދަށަށްގެނެސް މިމީހާ ދިރިއުޅޭގެ ބަލައިފާސްކުރިއިރު އެގޭގެ ގޯތިތެރޭގައި ވަޅުލާފައިވަނިކޮށް 04 މޯބައިލް ފޯނާއި، ގަޑިއަކާއި 2500 ދިވެހި ރުފިޔާ ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ވައްކަމުގެ މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ މިމީހާގެ ބަންދާއިމެ ދު ގޮތެއް ނިންމުމަށް ކ.ކާށިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް 07 ދުވަހުގެ މުއްދަތު ވަނީ ދީފައިވެއެވެ.

މި މައްސަލަ ކ.ކާށިދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *