އުމުރުން ނުވަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ 71 އަހަރުގެ މީހާ ޝަރީއަތް ނިމެދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފިއެވެ.

އެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އެމީހާ ފުރަތަމަ ހައްޔަރު ކުރީ މިދިޔަ މާރިޗް މަހުގެ 20 ވަނަ ދުވަހުއެވެ. އަދި އޭނާގެ ބަންދުގެ މުއްދަތު ވަނީ ދެފަހަރެއްގެ މަތިން އިތުރުވެސް ކޮށްފައެވެ.

ފުލުހުން ވިދާޅުވީ، އެމީހާ މިހާރު ޝަރީއަތް ނިމެންދެން ބަންދަށް ޖަހާފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލައާއި ގުޅޭ އިތުރު ތަފްސީލެއް އެބޭފުޅުން ހާމައެއް ނުކުރައްވައެވެެ.

ހައްޔަރު ކޮށްފައިވާ 71 އަހަރުގެ މީހާއަކީ ކުޑަ އަންހެން ކުއްޖާގެ މަންމަގެ ލޯބިވެރިޔާއެވެ. މި މައްސަލައިގައި އަންހެން ކުއްޖާގެ 13 އަހަރާއި 16 އަހަރުގެ ދެ ބޭބެއަށް ވެސް ތުހުމަތުކުރެވެއެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ މާރިޗު މަހު 10 ވަނަ ދުވަހެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *