އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އއ.އުކުޅަހުގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ކޮންފަރެންސް ހޯލް އިމާރާތްކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާން ކޮށްފިއެވެ.

އެ މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން މާރިޗު 2019 އިން ފެށިގެން ފިނޭންސް މިނިސްޓްރީއިން ކުރިއަށް ގެންދެވޭ ބީލަންތަކުގައި ބައިވެރި ވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.

އުކުޅަހުގައި ކޮންފަރެންސް ހޯލެއް އިމާރާތް ކުރުމުގައި ބީލަމުގައި ބައިވެރިވުމަށް ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީގެ ގޮތުގައި -/500ރުފިޔާ (ފަސްސަތޭކަ ރުފިޔާ) ދައްކަން ޖެހޭނެއެވެ. މިޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 40,000.00 ރުފިޔާ (ސާޅީސްހާސް ރުފިޔާ) ހުށަހަޅުއްވަން ޖެހޭއިރު، ފައިސާ ބަލައިގަންނާނީ 27 ޖޫން އިން 28 ޖުލައި އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 12:00އަށް ފިނޭންސް މިނިސްޓްރީ އިންނެވެ.

މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް 30 ޖޫން 2019 އިން ފެށިގެން ފިނޭންސް މިނިސްޓްރީގެ ވެބްސައިޓް އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ބީލަން ހުޅުވުން އޮންނާނީ 29 ޖުލައި ވާ ހޯމަ ދުވަހުގެ 11:00 ގައި ފިނޭންސް މިނިސްޓްރީގައެވެ.

އުކުޅަހުގައި އިމާރާތް ކުރާ ކޮންވެންޝަން ސެންޓަރު ފަރުމާކުރެވޭނީ ބައިނަލްއަޤްވާމީ ފެންފަރުގެ ބައްދަލުވުންތައްވެސް ބޭއްވޭ ގޮތަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *