މާލޭ މިސްކިތަކަށް ބޭރު އަންހެނަކު ވަދެ ނަމާދަށް ތިބި މީހުންނަށް ހަމަލާދޭން އުޅެފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެ އަންހެން މީހާ ވަދެފައިވަނީ މިރޭ މަގްރިބް ނަމާދު ވަގުތު މާލޭ އަމީރު އަހުމަދު މަގުގައި ހުންނަ މަސްޖިދް އަލް އިސްކަންދަރު މިސްކިތަށެވެ.
އަދި އެމީހާ އެ މިސްކިިތައް ވަދެ މިސްކިތުގައި އެވަގުތު ތިބި މީހުންނަށް ހުތުރު ބަސްތައް ރައްދު ކުރަމުން ދިޔަކަމަށް ވެއެވެ.
ފުލުހުން ވަނީ އެމީހާ ހުއްޓުވައި އެމީހާ އެ މިސްކިތުން ނެރެފައެވެ. ފުލުހުން ވިދާޅުވީ މިސްކިތައް ވަންނަން އުޅުނު އަންހެންމީހާއަކީ ސިކުނޑީގެ އުނިކަމެއް ހުންނަ މީހެއް ކަމަށެވެ.