ދުޢާއަކީ މުސްލިމުންގެ އެންމެ މަތިވެރި ހަތިޔާރެވެ. އެއީ ޝިފާއެކެވެ. އެއީ އަފޫކުރެއްވުމުގެ އަސްލެވެ. އަދި އެއީ ތިބާއާއި އެއްކައުވަންތަ ﷲ އާއި ކުއްތަން ކުރުވާ އަޅުކަމެކެވެ.
މުސްލިމުންގެ މައްޗަށް އަމުރުވެވޮޑިގެންވަނީ ގިނަ ގިނައިން ހެޔޮ ދުޢާކުމަށެވެ. ހެޔޮ ދުޢާކުރުމަކީ ނަކަރައިގެ އަޒާބުން ތިބާ މުއްތި ކުރައްވުމުގެ ސަބަބެކެވެ.
އަދި މުސްލިމަކު އޭނާގެ އަޚާގެ މައްޗަށް، އޭނާ ނެތް ތަނުގައި ކުރާ ދުޢާ އިޖާބަވެގެންވެއެވެ.
ރަސޫލާ صلى الله عليه وسلم ހަދީޘް ކުރެއްވިއެވެ.
«دَعْوَةُ الْمَرْءِ الْمُسْلِمِ لِأَخِيهِ بِظَهْرِ الْغَيْبِ مُسْتَجَابَةٌ، عِنْدَ رَأْسِهِ مَلَكٌ مُوَكَّلٌ كُلَّمَا دَعَا لِأَخِيهِ بِخَيْرٍ، قَالَ الْمَلَكُ الْمُوَكَّلُ بِهِ: آمِينَ وَلَكَ بِمِثْلٍ» [رواه مسلم / كتاب: الذكر والدعاء والتوبة والاستغفار / باب: فضل الدعاء للمسلمين بظهر الغيب / رقم: 88 – (2733)]
"މުސްލިމަކު އޭނާގެ އަޚާގެ މައްޗަށް، އޭނާ ނެތް ތަނުގައި ކުރާ ދުޢާ އިޖާބަވެގެންވެއެވެ. އެމީހެއްގެ ބޯ ކައިރީގައި އޭނާއާ ހަވާލުކުރައްވާފައިވާ މަލާއިކަތެއްވެއެވެ. އެމީހެއްގެ އަޚާއަށް ހެޔޮ ކަމަކަށް ދުޢާ ކުރާ ކޮންމެ ފަހަރަކު އޭނާއާ ހަވާލުކުރައްވާފައިވާ މަލާއިކަތާ ދަންނަވައެވެ. އާމީންއެވެ. އަދި ތިބާއަށްވެސް އެފަދައިން ދެއްވާށެވެ"
އެހެންކަމުން ގިނަ ގިނައިން އަނެކުންނަށް ހެޔޮ ދުއާ ކުރުމަކީ މުހިންމު ކަމެކެވެ.