އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ހިންގުން މެދު ކަނޑާނުލައި ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް މިރޭ ދެއްވައިފި އެވެ.

ސަރުކާރުގެ ސިޔާސަތަކީ އެ ޔުނިވާސިޓީ ހިންގުން ކަމަށް ރައީސް ވިދާޅުވީ އެތަނާއި ގައުމީ ޔުނިވާސިޓީ އެއްކޮށްލައިގެން ހިންގަން ބައެއް ބޭފުޅުން ކަންބޮޑުވުންފާޅުކުރައްވާފައި ވާ ދަނޑިވަޅެއްގައެވެ.

ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކީ އިސްލާމިކް ޔުނިވަސިޓީ ހިންގުން ކަމަށާއި ތައުލީމަށް ހުޅުވިފައިވާ އެއްވެސް ފުރުސަތެއް ބަންދު ނުކުރައްވާނެ ކަމަށެވެ.

އިސްލާމިކް ޔުނިވާސިޓީގެ ގާނޫނާއި ގައުމީ ޔުނިވާސިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ހުށަހަޅާފައި ވަނީ އެ ޔުނިވާސިޓީތަކަށް ދިމާވެފައިވާ އޮތް ދަތިތައް ހައްލުކުރުމަށެވެ. 

އިސްލާމިކް ޔުނިވާސިޓީގެ ހިންގުން މެދުކަނޑާނުލާނެ ކަމަށް ރައީސް ޞާލިހު ވިދާޅުވެފައިވާއިރު، އިސްލާމިކް މިނިސްޓަރު އަހްމަދު ޒާހިރާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އިސްލާމިކް ޔުނިވަސިޓީގެ ދެ ވަނަ ޗާންސެލަރު މުހައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގައި އިސްލާމިކް ޔުނިވާސިޓީއެއް ހުރުން ލާޒިމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *