ސިވިލް ކޯޓުގެ ގާޒީ ހަސަން ފަހީމް އިބްރާހީމްގެ ސުލޫކީ މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ އެ މައްސަލަ ޖޭއެސްސީ އަށް ހުށަހެޅީ އެޓާނީ ޖެނެރަލްގެ އޮފީހުން ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ޒަހީން ހާމަކުރައްވާފައެއް ނުވެއެވެ.
ހަސަން ފަހީމްގެ ސުލޫކީ މައްސަލަ ބެލުމަށް މިއަދު ވަނީ ޔިން މެންބަރުންގެ ކޮމެޓީއެއް ނަގައިފައެވެ. އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ކޮމިޝަންގެ ނައިބު ރައީސް މަސްތޫރު ހުސްނީ އާއި ކޮމިޝަންގެ މެމްބަރު އަބްދުއްރައޫފް އިބްރާހިމް އަދި ކޮމިޝަންގެ މެމްބަރު ހިސާން ހުސައިންއެވެ.
ސިވިލް ކޯޓުގެ ގާޒީ ކަމަށް ފަހީމް އައްޔަން ކޮށްފައި ވަނީ 2015 ވަަނަ އަހަރުގެ ކުރީކޮޅުއެވެ.