މާލޭ ގެއެއްގެ ބެލްކަނީ މަގުމަށްޗަށް ވެއްޓި ބަޔަކަށް އަނިޔާ ވެއްޖެއެވެ.

ފުލުހުން ބުނީ ވެއްޓިފައިވަނީ ހ. ރުއްދޮށުގެ ދެ ވަނި ފަންގި ފިލާއިގެ ބައެއް ކަމަށާއި އެ ހާދިސާ ފުލުހުން  ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިއަދު ހަވީރު 6:20 ހާއިރު ކަމަށެވެ. 

އެ ހާދިސާގައި އަނިޔާވެފައިވަނީ ހަތަރު މީހުންގެ އިތުރުން 16 އަހަރުގެ ކުއްޖަކަށް ކަމަށާއި މި ހާދިސާގައި އެ ސަރަހައްދުގައި ހުރި ބައެއް ސައިކަލުތަކަށް ގެއްލުންވި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ،  އަނިޔާވި މީހުންނަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ.

މަންޒަރު ދުށް ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ބެލްކަނީގެ ދަށުވި ހަތަރު މީހުންގެ ތެރެއިން ދެމީހަކު ހޮސްޕިޓަލަށް ގެންދިޔައިރު އަނގަ އާއި ނޭފަތުން ލޭ އަންނަމުން ދިޔައެވެ. 

މި ހާދިސާގައި އަނިޔާވި މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *