ދުނިޔެ
އިޒްރޭލު ސިފައިން އެންމެ ފަހުން ރަފާއަށް އަރައިފި

އިޒްރޭލު ސިފައިން އެންމެ ފަހުން އެއްގަމު މަގުން ގައްޒާގެ ރަފާއަށް އަރައިފި ކަމަށް ރިޕޯޓްކޮށްފި އެވެ.

އިޒްރޭލުން މިއަދު މިގޮތަށް އަމަލުކުރަން ފެށީ އިއްޔެ ރަފާއަށް ހަމަލާ ދޭން އުޅޭ ކަމަށް އިންޒާރު ދީފައި ވަނިކޮށެވެ. އިއްޔެގައި އިޒްރޭލުން ވަނީ ރަފާގައި ތިބި 1 މިލިއަނެއްހާ ފަލަސްތީން ރައްޔިތުން އެހެން ސަރަހައްދަކަށް ބަދަލުވުމަށް އަމުރު ކޮށްފަ އެވެ.

އިޒްރޭލުން މިގޮތަށް ނިންމާފައިވަނީ ހަމާސްއިން 7 އޮކްޓޫބަރުގައި ރަހީނުކުރި މީހުން ދޫކޮށްލަން ހަމާސްއިން އެއްބަސްނުވާ ކަމަށް ބުނެފަ އެވެ. ނަމަވެސް ހަމާސްއާއިއެކީ މިހާތަނަށް ކުރެވުނު މަޝްވަރާތަކަށްފަހު ހަމާސްއިން ވަނީ އެމީހުން ދޫކޮށްލަން ތައްޔާރު ކަމަށް ވިދާޅުވެފަ އެވެ. އިޒްރޭލުން ވަނީ މީގެ އެއް ދުވަސް ކުރިން ހަމާސްއަށް އެކަން ކުރަން އެއް ހަފްތާގެ މުހުލަތެއްވެސް ދީފަ އެވެ.

އެހެން ބުނި ނަމަވެސް އިޒްރޭލުން ވަނީ ރަފާއަށް މިހާދުވަހު ވައިގެ މަގުން ހަމަލާތައް ފޮނުވާފަ އެވެ. އެހަމަލާތަކުގައި ކޮންމެދުވަހަކުވެސް ފަލަސްތީނުގެ އެކި މީހުން ޝަހީދުވެފައި ވެއެވެ.

 

14
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top